އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންތަކެއް މަސައްކަތުގައި --- ފޮޓޯ: އެމްޑަބްލިޔުއެސްސީ

މަރާމާތެއް ކުރާތީ، ފެނުގެ ޕްރެޝަރ ދަށްވެދާނެ: އެމްޑަބްލިއުއެސްސީ

މާލޭގެ ފެން ފޯރުކޮށްދޭ މައި ނެޓްވޯކުގައި މަރާމާތުގެ މަސައްކަތެއް ކުރާތީވެ ބައެއް ސަރަހައްދުތަކަށް ފެން ލިބުމުގައި ފެނުގެ ޕްރެޝަރ ދަށްވެދާނެ ކަމަށް  އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

މިއަދު ހެނދުނު މާލޭ ބައެއް ސަރަހައްދުތަކުގެ ގެތަކަށް ފެން ލިބުމުގައި ދަތިތަކެއް އުޅުނެވެ. އެގޮތުން ފެނުގެ ޕްރެޝަރ ދަށްވުމުގެ ސަބަބުން ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ޝަކުވާ އުފުލައިފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފެނުގެ ޕްރެޝަރު ދަށްވާން މެދުވެރި ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ފޯރުކޮށްދޭ ނެޓްވޯކްތައް މަރާމާތު ކުރަމުންދާތީ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީން މި މަރާމާތުގެ މަސައްކަތަަށް މާލޭގެ ބައެއް ބޮޑެތި މަގުތަށް ކޮނެގެން، މިހާރުވެސް މަސައްކަތް ކުރަމުން އެބަދެއެވެ.

އެ ކުންފުނިން ވަނީ، މަރާމާތުގެ މަސައްކަތް ކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ