ފޮޓޯ: ނިޝާން އަލީ/މިހާރު

ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭން އިލްތިމާސްކޮށްފި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއަކީ ސަލާމަތާއި ރައްކާތެރިކަން ބޮޑު ޤައުމެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ މިދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މުވައްޒަފުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން އިލްތިމާސް ކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ، ޓޫރިސްޓް ރިޒޯޓް، ސަފާރީ އުޅަނދު ތަކާއި ހޮޓާ ގެސްޓްހައުސް ތަކަށް މިއަދު އެނިސްޓްރީއިން ފޮނުވި ސަރކިއުލަރގައި ވަކިން ޚާއްސަކޮށް ސްނޯކަލް ކުރުމާއި، ފެނާއި އަދި އެހެނިހެން މޫދު ކުޅިވަރުތަކުގެ ތެރޭގައި ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާފައިވާނެކަމަށެވެ.

އަދި އެތަންތަނުގައި ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޕްލޭންތައް ތަންފީޒު ކުރަން ޖެހޭ ޙާލަތްތަކުގައި ފުރިހަމައަށް ތަންފީޒު ކުރުމުގެ އިންތިޒާމުތައް ހުރިތޯ ބަލާ ކަށަވަރު ކުރުމަށްވެސް އެދިފައިވާނެކަމަށް އެމިނިސްޓްރީންވަނީ ބުނެފައެވެ.

ޓޫރިޒަމް ސެކްޓަރގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ޖެހައިދިނުމުގެ މަސައްކަތް މިމަހުގެ ކުރީކޮޅު ފަށާފައިވާއިރު، ދިވެހިރާއްޖެ ހިމެނޭނެނީ ދުނިޔޭގެ އެންމެ ރައްކާތެރި މަންޒިލުގެ ލިސްޓުގެ އެންމެ ކުރީގައިކަމަށްވެސް ޓޫރިޒަމް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް 10،000 ޑޯޒް ވެކްސިން ހާއްސަކޮށްފައިވާކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ