އިންޑިއާގައި ބަހެއް ކެނަލްއަކަށް ވެއްޓި 46 މީހުން މަރުވެއްޖެ

އިންޑިއާގައި ބަހެއް ކެނަލްއެއްގެ ތެރެއަށް ވެއްޓި އޭގެން ދަތުރުކުރި މީހުންގެ ތެރެއިން 46 މީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގައިފައިވަނީ އިންޑިއާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ މަދްޔަ ޕްރަދޭޝް ސްޓޭޓުގައެވެ. ހާދިސާ ހިނގިއިރު ބަހުގައި 60 މީހުން ދަތުރުކުރަމުން ގޮސްފައި ވެއެވެ.

އޮފިޝަލުން މައުލޫމާތު ދޭގޮތުގައި ބަސް ކެނަލްގެ ތެރެއަށް ވެއްޓިފައިވަނީ ބުރިޖެއްގެ މަތިން ދަތުރުކޮށްފައި ދަނިކޮށެވެ. ބަހުން ދަތުރުކުރި ހަތް މީހުންނާއި ޑްރައިވަރު މިހާތަނަށް ސަލާމަތް ކުރެވިފައިވާއިރު ބާކީތިބިމީހުން ހޯދުމުގެ މަސައްކަތް އައްނަނީ ކުރަމުންނެވެ.

މަންޒަރުދުއްފަރާތްތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބަސް ކެނަލްގެ ތެރެއަށް ވެއްޓެން ދިމާވީ ޑްރައިވަރަށް ބަހުގެ ކޮންޓްރޯލް ގެއްލި ބުރިޖުގެ އަރިމަތީ ޖަހައިފައިވާ ބައުންޑަރީގައި ޖެހިމުގެ ސަބަބުންނެވެ.

މަދުޔަ ޕްރަދޭޝްގެ ސަރުކާރުން މި ހާދިސާ ތަހުގީގު ކުރަން މިހާރުވަނީ އަންގައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ