ކަރަންޓީން ފެސިލިޓީއަކަށް ރިސޯޓެއް ހޯދަނީ

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ރިޒޯޓް ފެސިލިޓީއެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް ފައްސިވާ އަދި ކޮންޓްރެކްޓް ޓްރޭސިންގ ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ފަތުރުވެރިން އަދި މުވައްޒަފުން މި ރިޒޯޓް ފެސިލިޓީތަކުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށްވަނީ ނިންމާފައިވާކަމަށެވެ.

އެމިނިސްޓްރީން ވިދާޅުވެފައި ވަނީ ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ރިޒޯޓް ފެސިލިޓީއެއް ހަމަޖައްސަވައި ހިދުމަތް ފޯރުކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދޭކަމަށެވެ.

މިކަމަށް ހުށަހެޅޭ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯސަލްތައް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި 22 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައިކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 21 ފެބުރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން އެމިނިސްޓްރީގެ ނަންބަރު 2207 302 (960+)  އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދޭކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ