ބޭންކް ޓްރާންސްފާ މެދުވެރިކޮށް ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ފަހު ރަސީދު ފޮނުވައިދިނުމަށް އެމްޑަބްލިއުއެސްސީ އިން އެދެފިއެވެ.
އެމްޑަބްލިއުއެސްސީ އިން ބުނެފައިވަނީ ބޭންކް ޓްރާންސްފާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ ޓްރާންސެކްޝަންގެ ތަފްސީލާއި ފައިސާގެ ރަސީދު ފޮނުވުމަށް ވެބްޕޭޖެއް ޤާއިމުކޮށްފައިވާ ކަމަށެވެ.
ބޭންކް ޓްރާންސްފާ މެދުވެރިކޮށް ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ފަހު، ބައެއް ފަރާތްތަކުން ވެބްޕޭޖްގައިވާ ފޯމް ފުރިހަމަ ނުކުރުމުގެ ސަބަބުން، އެ ފަރާތްތަކުގެ އެކައުންޓްތައް އަޕްޑޭޓުވުމުގައި އަދި ފައިސާ ދެއްކި ފަރާތްތައް ދެނެގަތުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެޏެވެ.
ހިދުމަތްތަކަށް ފައިސާދެއްކުމަށްފަހު، ވެބްޕޭޖްގައިވާ ފޯމް ފުރިހަމަނުކުރާ ފަރާތްތައް ވީ އެންމެ އަވަހަކަށް އެ މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު، ފައިސާގެ ރަސީދު ފޮނުވުމަށް އެމްޑަބްލިއުއެސްސީ އިން އިލްތިމާސްކޮށްފައިވެއެވެ.



