މުޅި ދުނިޔޭގެ ތާރީޙުގައިވެސް އުފެއްދި އެންމެ ކާމިޔާބު ޓީވީ ޝޯ ގޭމް އޮފް ތްރޯންސްއިން ފެނިގެންދިޔަ ތަރިންކަމުގައިވާ ކިޓް ހެރިންގޓަން އާއި ރޯސް ލެސްލީގެ އަލަތު ދަރިފުޅު އުފަންވެއްޖެއެވެ.
ގޭމް އޮފް ތްރޯންސް އިން ބައްދަލުވެ ކައިވެނި ކުރި މި ދެ ތަރިންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ، މިދިޔައަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
މި ދެމަފިރިންގެ އަލަތު ދަރިފުޅު އުފަންވިކަން ދެމީހުން ރަސްމީކޮށްކަށަވަރުކޮށް ނުދިންނަމެވެސް، މި މަހުގެ 16 ގައި ދެމީހުންވަނީ ކުޑަކުއްޖަކާއެކު ލަންޑަންގެ މަގުމަތިން ފެނިފައެވެ. މީގެ އިތުރުން ކިޓް ތަމްސީލުކޮށްދޭ ފަރާތަކުން ވަނީ އެ ދެމަފިރިންނަށް ފިރިހެން ކުއްޖަކު ލިބުނުކަން މީޑީއާއަށް ކަށަވަރުކޮށްދީފައެވެ.
ގޭމް އޮފް ތޮރޯންސް އިން ދިމާވެ، ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މި ދެތަރިން ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.
"ގޭމް އޮފް ތްރޯންސްގެ މަޝްހޫރު ނަމުންނަމަ، "ޖޯން ސްނޯ" އާއި "ޔިގްރިތް"ގެ ލަވް ސްޓޯރީއާއެކު މި ދެ ބައިވެރިންނަކީ، ގޭމް އޮފް ތްރޯންސް އިން އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބުނު ދެ ބައިވެރިންނެވެ. އަދި ހަޤީގަތަށްވެސް މި ދެ ކެރެކްޓަރ އަދާކުރި ކިޓް އާއި ރޯޒް ގުޅުމުން ގިނަ ބައެއް ލޯބި މި ދެބައިވެރިންނަށް ލިބިފައިވެއެވެ،



