އިންޑީއާގައި "ޓިކް ޓޮކް" އަލުން ލޯންޗުކުރަނީ؟

އިންޑިއާއާއި ޗައިނާއާއި ދެމެދު ހިނގަމުންދާ ބޯޑަރ މައްސަލައިގައި ޗައިނާއާއި ގުޅުންހުރި 100 އަށްވުރެ ގިނަ އެޕްލިކޭޝަން އިންޑިއާގައި ބޭނުން ނުކުރެވޭނެ ގޮތަށް އިންޑިއާއަށް ވަނީ ބޭން ކޮށްފައެވެ. މީގެ ތެރޭގައި އިންޑިއާގައި ގިނަ ބަޔަކު ބޭނުން ކުރަމުން އައި މަޝްހޫރު އެޕްލިކޭޝަން "ޓިކް ޓޮކް" ވެސް ހިމެނެއެވެ.

"ޓިކް ޓޮކް" ބޭން ކުރި ޙަބަރު ވެގެންދިޔައީ އިންޑިއާގައި މި އެޕްލިކޭޝަން ބޭނުންކުރަމުން އައި އެތައް މިލިއަން ބަޔަކަށް ލިބުނު ވަރަށް ބޮޑު ދެރައަކަށެވެ. ނަމަވެސް "ޓިކް ޓޮކް"ގެ މައި ކުންފުނި ބައިޓް ޑާންސް އިން، ޓިކްޓޮކްގެ އިންޑިއާ އޮޕަރޭޝަންސް، "އިންމޮބީ" ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްކަމުގައިވާ އިންޑިއަން ޔުނިކޯން ގްލޭންސް އަށް ވިއްކާލެވޭނެ ގޮތްތައް ހޯދަން ފަށައިފައިވާކަމަށް "ބްލޫމާރގް ނިއުސް" ގައި ވަނީ ރިޕޯޓުކޮށްފައެވެ.

ނޫހުގައި ރިޕޯޓުކޮށްފައިވާގޮތުން، މި ކަމުގެ މަޝްވަރާތައް މިހާރު ދަނީ ކުރެވެމުންނެވެ.

ޗައިނާގެ ގިނަ އަދަދެއްގެ އެޕްލިކޭޝަންސްތައް އިންޑިއާގައި މަނާކޮށްފައިވަނީ، އިންޑީއާއާއި ޗައިނާއާއި   ދެމެދު ހިނގަމުންދާ ބޯޑަރ މައްސަލައިގައި ސަލާމަތީ ގޮތުން އަތުވެދާނެ ނުރައްކާތަކުން ދިފާއު ވުމުގެ ގޮތުން އަޅަމުން ގެންދާ ފިޔަވަޅު ތަކުގެ ތެރެއިންނެވެ.

އިންޑިއާ އަދި ޗައިނާ ބޯޑަރު ހިއްސާކުރާ ލަޑާކް ރީޖަންގައި މިދިޔަ އަހަރުގެ ޖޫންމަހު ހިނގި ކުރިމަތިލުން ތަކެއްގައި އިންޑިއާ ސިފައިންގެ 20 މީހަކުވަނީ މަރުވެފައެވެ. އަދި މި ދެގައުމުން އަންނަނީ ބޯޑަރު ސަރަހައްދައް ދެގައުމުގެ ގިނަ އަދަދެއްގެ ސިފައިންވެސް ޖަމާކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ