ކުލިކް ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މިހާރު

ބޭނުން ގައުމެއްގައި ކިޔެވުމަށް ލޯނަށް އެދެވޭ ގޮތަށް އުޞޫލު ބަދަލުކޮށްފި

ބޭނުން ގައުމަކުން ކިޔަވުމަށް ލޯނަށް އެދޭގޮތަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯން ސްކީމްގެ އުސޫލަށް ބަދަލުގެނެސްފިއެވެ.

މީގެ ކުރިން ލޯން ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި ސާކް ގައުމުތައް އަދި ފިލިޕިންސް، ޗައިނާ އަދި މެލޭޝިއާ ފަދަ ބައެއް ގައުމުތަކަށް އެކަންޏެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއީ ލޯން ސްކީމްއަށް އަލަށް ގެނައި ބަދަލުތަކުގެ ތެރެއިން ގެނައި ބަދަލެއް ކަމަށާއި، މި ބަދަލު ގެނައި ނަމަވެސް ލޯން ދޭނީ ކުރިންވެސް ދޭ އަދަދަށް ކަމަށެވެ. އަދި ކިޔެވުމުގެ ބާކީ ހަރަދުތައް ހަމަޖައްސަން ޖެހޭނީ ލޯންއަށް އެދޭ ފަރާތުންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިދިޔަ މާޗް މަހު އިއުލާންކުރި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 586 ފުރުސަތުތަކުގެ ތެރެއިން ސްޓޫޑަންޓް ލޯން ހަމަޖައްސައިދީފައިވަނީ އެންމެ 79 ފަރާތަކަށެވެ. އެފަހަރު މިނިސްޓްރީން ވިދާޅުވީ، ގިނަ ދަރިވަރުންނަށް ލޯނު ނުލިބުނީ އުޞޫލާ ޚިލާފަށް ފޯމު ހުށަހަޅާފައިވާތީ ކަމަށެވެ.

މަތީ ތަޢުލީމުގެ ލޯނަށް އެދޭ އުޞޫލަށް މިފަދަ ބަދަލެއް ގެނެސްފައި މިވަނީ، ގިނަ ދަރިވަރުންނަށް ލޯނު ނުލިބުނު މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް