ކުޑަކުއްޖަކު ރޭޕް ކުރި 65 އަހަރުގެ ފިރިހެނަކު 20 އަހަރަށް ޖަލަށް!

އިންޑިއާގައި 7 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި 65 އަހަރުގެ ފިރިހެނަކު 20 އަހަރަށް ޖަލަން ލާން ކޯޓުން ހުކުމްކޮށްފިއެވެ.

މި ރޭޕް ހާދިސާ ހިނގާފައިވަނީ، ބިހާރް ސްޓޭޓުގެ ގޮޕާލްޕުރ ވިލެޖްގައި 2019 ވަނަ އަހަރުއެވެ. މި ކުޑަކުއްޖާ ރޭޕްކޮށްފައިވަނީ، ހިރަމަން ޔާދަވް އޭލިއަސް ރަންގްބާޖް ނަމަކަށް ކިޔާ 65 އަހަރުގެ ފިރިހެނެކެވެ. ހ

މި މީހާގެ މައްޗަށް ކުށް ސާބިތުގެ ކޯޓުން މި މީހާ ޖަލަށް ލާން ހުކުމް ކޮށްފައިވަނީ  މިދިޔަ ހުކުރު ދުވަހުއެވެ. 20 އަހަރުގެ ޖަލު ހުކުމެއް އެމީހާގެ މައްޗަށް އައި އިރު، ވިހިހާސް ރުޕީސްގެ ޖޫރިމަނާއެއް ދެއްކުމަށްވެސް އޭނާގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ބަލާފައިވަނީ، "ޕްރިވެންޝަން އޮފް ޗިލްޑްރެން އެގެއިންސްޓް ސެކްޝުއަލް އޮފެންސް" ކޯޓުންކަމަށް، އެ ކޯޓުގެ ހާއްސަ ޕަބްލިކް ޕްރޮސިކިއުޓަރ އެއް ބުނެފައިވެއެވެ.

ޕްރޮސިކިއުޓަރ ބުނިގޮތުގައި، 7 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ، އެދުވަހު އެ ކުއްޖާގެ މަންމަ އޭނަގެ ދައްތައެއްގެ ގެއަށް ދިޔަ ވަގުތުއެވެ. އަދި އެވަގުތު ކުޑަ ފިރިހެން ކުއްޖަކު އެކުއްޖާ ގޮވައިގެން އެހެން ގެއަކަށް ގެންދިޔައިރު، އެ ގޭގައި އެ ކުއްޖާ ރޭޕްކުރި މީހާ ކަމުގައިވާ ހިރަމަން ހުއްޓެވެ.

ކުޑަ ފިރިހެން ކުއްޖާގެ ކުރިމަތީ ހިރަމަން އޭނާ ރޭޕްކުރިއިރު، އެ ކުޑަ ފިރިހެން ކުއްޖާ ވަނީ އެ މަންޒަރު ވީޑިއޯކޮށްފައިކަމަށް ޕްރޮސިކިއުޓަރ ހާމަކޮށްފައިވެއެވެ. އަދި މީހެއްގާތު ބުނެފިނަމަ ވީޑިއޯ ލީކު ކޮށްލާނެ ކަމަށް ބުނެ އަންހެންކުއްޖާއަށް ބިރުދެއްކި ކަމަށްވެސް ބުނެފައިވެއެވެ.  ނަމަވެސް އެކަން ފަޅާއަރާ މި މައްސަލަ ފުލުހުންނަށް ހުށައެޅީ، އެ އަންހެން ކުއްޖާގެ މަންމައެވެ.

މި މައްސަލައިގައި، އަންހެން ކުއްޖާގެ އާއިލާއަށް ތިން ލައްކަ ރުޕީސް ކޮމްޕެންސޭޝަންގެ ގޮތުގައި ދެއްކުމަށް ކޯޓުން ސަރުކާރަށް އަމުރުކޮށްފައިވާކަމަށެ ޕްރޮސިކިއުޓަރ އިތުރަށް ބުނެފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ ކުޑަ ފިރިހެން ކުއްޖާ މައްސަލަ ޖުވައިނަލް ޖަސްޓިސް ބޯޑުން ދަނީ ބަލަމުންނެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ