ކާންޔޭ ގާތުން ވަރިވާން، ކިމް ކޯޓަށް މައްސަލަ ހުށައަޅައިފި!

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ ގާތުން ވަރިވުމަށް، ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން، މައްސަލަ ކޯޓަށް ހުށައަޅައިފިއެވެ.

ކާންޔޭ ގާތުން ވަރިވުމަށް ކިމަ ކޯޓަށް މައްސަލަ ހުށައަޅައިފައިވާކަން  ލޮސް އެންޖެލެސް ސުޕީރިއާ  ކޯޓުގެ ރިޕްރެޒެންޓޭޓިވް އެއް ވަނީ މިދިޔަ ހުކުރު ދުވަހު ހާމަކޮށްފައެވެ. އަދި ހަމަ އެދުވަހު، ކިމް ކާޑޭޝިއަންވެސް ވަނީ މިކަން ކަށަވަރުކޯށްދީފައެވެ.

ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، މި ދެމީހުން ވަރީގެ މައްސަލަ ނިންމާފައިވަނީ ވަރަށް ސުލްހަވެރިކޮށެވެ. އަދި އެދެމީހުންގެ ދަރިންގެ ލީގަލް އަދި ފިޒިކަލް ކަސްޓަކީ ކިމް ހޯދުމަށް ހުށައަޅާފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ކާންޔޭ އާއި ކިމްގެ 7 އަހަރުދުވަސްވީ ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވެއެވެ. އަދި ދެމީހުން ވަރިވާން ނިއްމާ، ދަރިންގެ ކަސްޓަޑީ ހޯދުމަށް ކިމް ހުށައެޅިއިރު، އެކަމާ ކާންޔޭގެ އެއްވެސް ފަރުވާލެއް ނެތް ކަމަށް މިކަމާއި ގުޅުންހުރި މަސްދަރަކުން ހާމަކޮށްފައިވެއެވެ.

ކިމް ކާޑޭޝިއަން އާއި ފިރިމީހާ ކާންޔޭ ވެސްޓް ކައިވެނި ރޫޅާލަން ނިންމާފައިވާކަމުގެ ހަބަރުތައް މިއަހަރުގެ ކުރީކޮޅު ވަނީ ވަރަށް ގަދަޔަށް ދެކެވިފައެވެ. އަދި މި ދެމީހުންގެ ގުޅުން މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން ވަނީ ހީނަރުވާން ފަށައިފައެވެ.

މި ދެމީހުން މިހާރު ވަކިން ދިރިއުޅެމުން އަންނަތާވެސް ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި ދެމީހުން ވަނީ ކައިވެނި ރަނގަޅު ކުރެވޭތޯ ކައުންސެލިން ވެސް ހޯދާފައެވެ.

ކާންޔޭ އާއި ކިމ ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ