ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
ދެވަނަ ފަހަރަށް ލޯނަށް ކުރިމަތިލުމަށް ހުޅުވާލިއިރު، މިމަހުގެ 24 ވަނަ ދުވަހުގެ 13:30 ގެ ކުރިން ލޯނަށް އެދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.
ފުރަތަމަ ލޯނަށް ހުޅުވާލުމުން 993 ދަރިވަރަކު ފޯމު ހުށަހެޅިއރު ލޯނު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 242 ދަރިވަރަކަށެވެ. ފުރަތަމަ ފަހަރު 79 ދަރިވަރަކަށް ލޯނު ހަމަޖެހިފައިވާއިރު، މިފަހަރު ހުޅުވާލި ފުރުޞަތުގެ ތެރެއިން 163 ދަރިވަރަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވެއެވެ.
މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ލޯނުގެ ފުރުސަތުތަކަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ކޯހެއް ފުރިހަމަ ކުރަން ނުވަތަ ލައިސަންސް ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންނަށެވެ.
You can now apply for loan scheme June 2019 on myedu portal.
— Ministry of Higher Education (@MoHEmv) June 11, 2019
Myedu Portal Link:https://t.co/gtS7RXOMwG
Website Link:https://t.co/fFoWlJslAC
މަތީ ތަޢުލީމުގެ ލޯނަށް އެދި ހުށަހެޅުމަށް ފުރަތަމަ ހުށަހެޅި ގިނަ ފަރާތްތައް ސެޓްފިކެޓްތަކުގެ ދެފުށް ހުށަނާޅާތީވެ ޑިސްކޮލިފައިވެފައިވާއިރު، އުޞޫލާ ޚިލާފުވެގެން ގިނަ ދަރިވަރުންތަކަކަށް ލޯނު ނުލިބުނު މައްސަލައިގައި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.




