ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) މިއަދު ކައިވެނި ކޮށްފިއެވެ.
ޝިދާތާ އާއި ޒިޔާ ކައިވެނިކޮށްފައި ވަނީ މިއަދު ފެމިލީ ކޯޓުގައެވެ.
ޝިދާތާ އާއި ޒިޔާ ކައިވެނިކުރުމަށް އެންގޭޖެވެފައި ވަނީ މިދިޔަ ޖެނުވަރީ މަހުގެ ތެރޭގައެވެ. މި ދެމީހުން ބުނެފައިވާ ގޮތުގައި، ދެމީހުން ރައްޓެހިވެގެން އުޅޭތާ ހަތަރު ވަރަކަށް މަސް ވެދާނެއެވެ.
ޝިތާދާ އާއި ޒިޔާ ކައިވެނި ކޮށްފައިވާއިރު، މި ދެމީހުންވެސް މީގެ ކުރިން ވަނީ ކައިވެންޏެއް ކޮށްފައެވެ. ޒިޔާ ވަނީ ދެމީހުންނާއި މީގެ ކުރިން ކައިވެނިކޮށްފައެވެ.
ޝިދާތާ ކުރިން ކުރި ކައިވެންޏަށް އޭނާއަށް ވަނީ ތިން ދަރިންވެސް ލިބިފައެވެ.




