ހަނިމާދޫ އެއަރޕޯޓު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުމަށް މިއަހަރުގެ ޖުލައި މަހު ބަޔަކާއި ހަވާލުކުރެވޭނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޟް މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދާކުރާ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މި މަސައްކަތް ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާތައް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފައްޔާޟް ވިދާޅުވީ، މިދިޔަ އޮކްޓޫބަރުމަހު ހިސާބުގައި ފަށައިގެން އައިސް މިދިޔަ ހަފްތާތެރޭގައި މިހާރު މިވަނީ ފީސިބިލިޓީ ނިންމާފައި އެ ރިޕޯޓް، ދިވެހި ސަރުކާރުން އެޕްރޫވްކުރުމަށްފަހު އިންޑިއާގެ ސަރުކާރަށް، އެގްޒިމް ބޭންކަށް ފޮނުވިފައި ކަމަށެވެ.
"މާރޗުމަހުގެތެރޭގައި ޓެންޑަރިންގގެ ފުރަތަމަ ޕްރޮސެސް ފެށޭނެ، 2 މެހެއްހާ ދުވަސްތެރޭ ޕްރީ ކޮލިފައިވާ ފަރާތްތައް ލިބުނީމައި، އެމީހުން ޓެންޑަރކޮށްގެން ގާތްގަނޑަކަށް ޖުލައިމަހު ހިސާބު، ކޮންޓްރެކްޓް އެވޯޑް ކުރެވޭނެ ކަމަށް މި ބަލަނީ ގާތްގަނޑަކަށް ސެޕްޓެމްބަރ، އޮކްޓޫބަރު ހިސާބު އެއަރޕޯޓް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް،" މިނިސްޓަރ ވިދާޅުވިއެވެ.
ފައްޔާޟް އިތުރަށް ވިދާޅުވީ، އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރުމަށްފަހު، އެވަރަށް ގެސްޓް އެނދު ތަރައްޤީކުރުމަކީ، ވަރަށް މުހިއްމުކަމެއ ކަމަށެވެ. އެގޮތުން އެކަމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެކު ދަނީ މަސައްކަތްކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މަ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއަރޕޯޓު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް، އެއެއަރޕޯޓްގެ ރަންވޭ 2200 މީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖައްސާފައެވެ. ރަންވޭ ތަރައްޤީކުރަނީ އޭ.320ގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށެވެ. އަދި އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ބޮޑުކުރުމާއި، ކަރގޯ ޓަރމިނަލާއި، ފިއުލް ފަރމާއި ފަޔަރ ސްޓޭޝަން އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން މިމަަޝްރޫއުގައި ހިމެނެއެވެ.
އިންޑިއާ ސަރުކާރުން ވަނީ ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން.އޮފް.ކްރެޑިޓްގެ ދަށުން ފަންޑުކުރަން ނިންމާފައެވެ.





ހިޔާލު
އިންޑިއަން އެއަރފޯސްއަށް ފަހިވާނީވެސް މިތަން ބޮޑުކޮށް ތަނަވަސް ކޮށްގެނެވެ