5000 އަށްވުރެ ޓޫރިސްޓުންނާއެކު މިއަހަރުގެ ރެކޯޑް

2021 ވަނައަހަރު ފެށުނު ފަހުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރާތްކޮށްފައި ވަނީ މިއަދުކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވެފައި ވަނީ މިއަދަކީ މިއަހަރު ފެށުނު ފަހުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ދުވަސް ކަމަށާއި އެގޮތުން މިއަދު ވަނީ 5،100 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައި ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާ އެއްކޮށް ހުއްޓިފައެވެ. އަދި ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން ރާއްޖެއައުން ވަނީ މަނާކޮށްފައެވެ.

ނަމަވެސް މިދިޔަ އަހަރުގެ ފަހު ކޮޅު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިއެވެ. ނަމަވެސް ކޮވިޑްއާއި ގުޅިގެން އެދުވަސް ވަރު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ މަދު ފަތުރުވެރިންކޮޅެކެވެ.

އަހަރުގެ އެންމެ ފަހު ދުވަސްކޮޅަށް އައިއިރު މިއަދަދު މަޑުމަޑުން އިތުރުވެ ރާއްޖެ ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 555،494 ގައެވެ.

މިއަަހަރުގެ މިހާތަނަށް އައި އިރު މިއަދަދު އުޅެނީ 164،226 އަށްވުރެ މަތީގައެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް އަންދާޒާކޮށް އެކަމަށް އަމާޒް ހިފާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ