ޖޯންގެ "އެޓޭކް" ރިލީޒްކުރާނީ 2 އޮގަސްޓްގައި!

ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ ފިލްމް "އެޓޭކް" ރިލީޒްކުރާ ތާރީޙް އިއުލާންކޮށްފިއެވެ. އާ ޑައިރެކްޓަރެއްކަމުގައިވާ ލަކްޝަޔާ ރާޖް އަނަންދް ޑައިރެކްޓްކުރާ މި ފިލްމް ރިލީޒްކުރާނީ މިއަހަރުގެ އޮގަސްޓް މަހު 2 ގައެވެ.

"އެޓޭކް" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުން ޖޯން އަބްރަހަމްއާއެކު ފެނިގެންދާ އަންހެން ބަތަލާއިންއަކީ، ޖެކަލީން ފާނަންޑޭޒް އާ ރަކުލް ޕްރީތުއެވެ. މީގެ އިތުރުން މި ފިލްމުގައި ހޮލީވުޑް އެކްޓަރެއްގެ އެކްޓިން ވެސް ފެނިގެންދާނެއެވެ.

ޖޯން އަބްރަހަމް ދެން އެންމެ އަވަހަށް ފެންނާނީ މެއި މަހު ރިލީޒްކުރާ "ސަތިޔަމޭވް ޖަޔަތޭ 2" އިންނެވެ.

މީގެ އިތުރުން، ޝާހްރުކް ހާން އާއި ދިޕިކާ ޕަޑުކޯން އާއެކު ފިލްމް "ޕަތަން"އިން ވެސް ޖޯނު ފެނިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ