ކާރީނާ އާއި ދަރިފުޅުގެ ހާލު ރަނގަޅު: ސައިފް

ބޮލީވުޑްގެ ދެމަފިރިން، ކަރީނާ ކަޕޫރް އާއި ސައިފް އަލީ ޙާން ގެ ދެވަނަ ދަރިފުޅު އުފަންވީ އިއްޔެއެވެ. މި ޙަބަރު ކަށަވަރުކޮށްދީ ސައިފް އިއްޔެ ވަނީ ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ، ދަރިފުޅާއި، ދަރިފުޅުގެ މަންމަ، ކަރީނާވެސް އޮތީ ގަދަވެ ސަލާމަތުންކަމަށެވެ.

ސައިފް އާއި ކަރީނާއަށް މިފަހަރުވެސް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. މި ދެމަފިރިންގެ އަލަތު ދަރިފުޅު، ތައިމޫރް އަލީ ޙާން އުފަންވީ 2014 ވަނަ އަހަރުއެވެ.

ކަރީނާ އާއި ސައިފް އަށް ދެވަނަ ދަރިއަކު ލިބުމުން، ގިނަ އަދަދެއްގެ ފޭނުންނާއި ބޮލީވުޑްގެ ފަންނާނުން ވަނީ ތަހުނިޔާގެ މެސެޖުން މުޅި އިންޓަނެޓް ބަންޑުންކޮށްލައިފައެވެ.

އެންމެން ފޮނުވި ތަހުނިޔާގެ މެސެޖުތަކަށް ސައިފް ވަނީ ޝުކުރު އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ