ވަރުން ދާވަންގެ ކުރިއަށް އޮތް ފިލްމް، "ބޭޅިޔާ"ގެ ކުޑަ ޓީޒާއެއް ދައްކާލައިފިއެވެ.
ބޭޅިޔާ އަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް އަމަރު ކޯޝިކް ޑައިރެކްޓްކުރާ ބިރުވެރި ކޮމެޑީއެކެވެ. މި ފިލްމުގައި ވަރުން އާއެކު އަންހެން ލީޑު ރޯލުން ފެނިގެންދާނީ ކްރިތީ ސެނަން އެވެ.
2018 ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ-ކޮމެޑީ "ސްޓްރީ" ވެސް ޑައިރެކްޓް ކޮށްފައިވަނީ އަމަރުއެވެ.
"ބޭޅިޔާ" ގެ ކުޑަ ޓީޒާއެއް ދައްކާލާފައިވާއިރު، މި ޓީޒާއިން މި ފިލްމްވެސް ވަރަށް ތަފާތުވެގެންދާނެކަމް ހާމަވެގެންދެއެވެ. އެގޮތުން މި ކުޑަ ޓީޒާ ކޮޅުން ފެނިގެންދަނީ، ފުލް މޫންއެއްގައި އެކްޓަރ ވަރުން ވޯލްފް، ނުވަތަ ހިޔަޅަކަށް ބަދަލުވެގެންދާ މަންޒަރެވެ.
މި ފިލްމް ސިނަމާއަށް އަންނާނެ ތާރީހް އަދި އިއުލާނެއް ނުކުރެއެވެ.




