ހއ. ދިއްދޫ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީންގައި ހުރި މީހެކެވެ. ދިއްދޫ ކައުންސިލުން ވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން ފަރާތެއް ކޮވިޑް-19 ބައްޔަށް ފައްސިވެފައިވާތީ، އެކަން ރައްޔިތުންގެ ސަމާލުކަމަށް ދަންނަވާފައެވެ.
އެގޮތުން އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ފްލެޓް 182 ގައި އައިސޮލޭޓް ކޮށްފައިވާ ފަަރާތްތެކެވެ.
ދިއްދޫ ކައުންސިލުން ވަނީ ހޯމް ކަރަންޓީނުގައި ތިއްބަވާ ފަރާތްތަކާ ބައްދަލުކުރުމަށް އެތަންތަނަށް އެއްވެސް ބޭފުޅަކު ނުދިއުމަށް ދަންނަވާފައެވެ. އަދި ކަރަންޓީނުގައި ތިއްބަވާ ފަރާތްތަކުގެ ޟަރޫރީ ބޭނުންތައް ފުރިހަމަކޮށްދިނުމުގައި އެހީތެރިވެލައްވާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ދިއްދޫ އިން މީގެ ކުރިންވެސް ވަނީ ބައެއް ފަރާތްތައް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި މިހާތަނަށް 18،769 އަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 2،506 މީހަކު މިހާރުވެސް ދަނީ އެބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި60 މީހަކު މިހާތަނަށް މިބަލީގައި މަރުވެފައިވެއެވެ.
								
											


														
														
														
														
														
														