ދިއްދޫ ހައުސިން ޔުނިޓްތައް - ފޮޓޯ: ފޭސްބުކް

ދިއްދޫއިން އިތުރު 6 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫއިން އިތުރު 6 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު އިތުރު 6 މީހަކުވަނީ ދިއްދޫއިން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ އަލަށް ނެގުނު 121 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލްތައް ކަމަށާއި އޭގެތެރެއިން 40 ސާމްޕަލްއެއް ނެގެޓިވްވެފައިވާކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ. އަދި ނަތީޖާ ނުލިބި 75 ސާމްޕަލްއެއް ވެއެވެ.

އަދި މިހާރު އެރަށުގައި އެކްޓިވް 23 ކޭސްއެއް ހުރިކަމަށާއި، އެއީ ފުރަބަންދު ދެ ކޭސްއަކާއި ފްލޫ ކްލިނަކަށް ދައްކައިގެން ޕޮޒިޓިވްވި ކޭސްގެ އިިތުރުން އެކޭސްގެ ޑައިރެކްޓް ކޮންޓެކްޓުންގެ 20 ކޭސް ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

ދިއްދޫ މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ. އެޗްޕީއޭގެ ހުއްދަނެތި އެރަށަށް އަރައި ފޭބުމަކީ މިހާރު މަނާކަމެކެވެ. މިމަހުގެ 1 ވަނަ ދުވަހު ދިއްދޫ މޮނިޓަރިންގއަށް ލާފައިވަނީ އަލާމަތް ހުރެގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި އޭނާއަކީ އެއް ގޮތަކަށްވެސް މާލޭ ދިޔަ ފަރާތަކަށް ނުވާއިރު، އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ ކޮންޓެކްޓް ޓްރެސިންގ ހެދުމަށެވެ.

ރާއްޖޭގެ ކޯވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެޗްޕީއޭއިން މިހާރުވަނީ މަނާކޮށްފައެވެ.

ކޮވިޑާއި ގުޅިގެން އަތޮޅުތެރޭގެ 25 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ. އެރަށްތަކަކީ ޅ.ނައިފަރު، އދ.މާމިގިނލި، ތ.ވޭމަންޑޫ، ތ.މަޑިފުށި، އއ.ބޮޑުފޮޅުދޫ، ބ.އޭދަފުށި، ކ.ހިންމަފުށި، ކ.ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، އއ.އުކުޅަސް، ކ.ތުލުސްދޫ، ލ.ދަނބިދޫ، އއ.ރަސްދޫ، މ.ކޮޅުފުށި، އައްޑޫސިޓީ، އދ.ދަނގެތި، ހއ. ދިއްދޫ، ފ.ފީއަލި އަދި ހދ.ކުޅުދުއްފުށީގެ އިތުރުން އއ.ހިމަންދޫއެވެ.

(ތަފްޞީލް އަންނަނީ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ