ހދ. ނޭކުރެންދޫއިން ރިސޯޓަކަށް ދަތުރުކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެ ރަށް މޮނިޓަރިންނަށް ލައިފިއެވެ.
އެރަށް މޮނިޓަރިންނަށްލީކަމުގެ ލިޔުން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނޭކުރެންދޫ ކައުންސިލަށް މިހާރު ފޮނުވައިފައިވާއިރު ޕޮޒިޓިވުވި މީހާއާއި ދިމާވި މީހުން ކަރަންޓީނުގައި ތިބުމަށްވެސް މިހާރުވަނީ އަންގައިފައެވެ.
އެޗްޕީއޭއިން އެރަށު ކައުންސިލް އިދާރާއަށް ފޮނުވި ލިއުމުގައި ބުނެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހުއްދަ ނެތި ރަށުން ފޭބުމާއި އެއްވެސް މީހަކު ރަށަށް އެރުން މަނާކަމުގައެވެ.
އެރަށުން ވާހަކަދެއްކި މީހަކު މިނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ، ޕޮޒިޓިވުވި މީހާ ރަށުގައި އުޅޭތާ މަހެއްހާ ދުވަސް ވެދާނެ ކަމަށާއި އޭނާ ރިސޯޓައް ދަތުރުކޮށްފައިވަނީ ރިސޯޓު ވަޒީފާއަށް ކަމަށެވެ.
"އޭނާ ރިސޯޓަށް ދިއުމަށްޓަކައި ދަތުރުކޮށްފައިވަނީ މިރަށުން މާލެ ދަތުރުކުރާ ލޯންޗް ފެރީއެއްގައި މިދިޔަ ހޮނިހިރު ދުވަހު ނަމަވެސް އޭނާ މާލެ ނުފައިބާ އިތުރު ލޯންޗަކަށް ބަދަލުވެގެން ރިސޯޓަށް ދިއައީ އެ ރިސޯޓަށް ގޮސް ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވުވެފައިވަނީ" އެރަށުން ވާހަކަދެއްކި މީހާ ވިދާޅުވިއެވެ.
މައުލޫމާތު ލިބޭގޮތުގައި ޕޮޒިޓިވުވި މީހާ ދަތުރުކޮށްފައިވާ ރިސޯޓަކީ ކަނިފިނޮޅު ކުލަބް މެޑް ރިސޯޓެވެ.





ހިޔާލު
އަދި ވެސް ކެންޕޭނު ކުރައް މުޅި ރަށުގަ ދުވާތި