ފޮޓޯ: ޙުސައިން ޝަޤީފް

ފުލުހުން ހުއްޓުވުމުން ބަނގުރާ ފުޅިތައް ތަޅާލައިފި

ބަނގުރާ ފުޅިތަކެއް ގެންގުނު ބަޔަކު ފުލުހުން ހުއްޓުވުމުން އެމީހުންގެ އަތުގައި އޮތް ބަނގުރާ ފުޅިތައް މަގުމައްޗަށް ވައްޓާ ތަޅާލައިފިއެވެ.

މި މީހުން ހުއްޓުވާފައި ވަނީ މިރޭ 7:30 ހާއިރު އެވެ. ފުލުހުން ވިދާޅުވީ މިރޭ އަޝްރަފީ ބުކްޝޮޕް ކައިރިން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށުން ގެނެސްފައިވާކަމަށެވެ.

އެގޮތުން އެ ދެ މީހުން ވަނީ ފުލުހުން ހުއްޓުވުމުން އެމީހުން ގެންގުޅުނު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 3 ފުޅި މަގުމައްޗަށް ވައްޓާ ތަޅާލާފައެވެ.

ފުލުހުން ވިދާޅުވީ އެދެމީހުން ހުއްޓުވީ ވަންވޭ އާއި އިދިކޮޅަށް ދުއްވާފައި ދަނިކޮށްކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ