އެތައް ބިލިއަން ޔޫރޯގެ އަގުހުރި ކޮކެއިން ޔޫރަޕުން އަތުލައިގަނެފި

އެތައް ބިލިއަން ޔޫރޯގެ އަގުހުރި ކޮކެއިން ޔޫރަޕުން އަތުލައިގަނެފިއެވެ.

ޖަރުމަން އަދި ބެލްޖިއަމްގެ ކަސްޓަމުން އަތުލައިގަތް މި ކޮކެއިންގެ ބަރުދަނުގައި 23 ޓަނަށްވުރެ ގިނައިން ހުރިއިރު މިތަކެއްޗަކީ ނެދަލެންޑްސް އަށް ފޮނުވުމަށް މަސައްކަތްކުރި ކޮކެއިންނެވެ.

މި ކޮކެއިންތަކުގެ ތެރެއިން ޖަރުމަނުގެ ކަސްޓަމުގެ ބެލުމުގެދަށަށް ގެނަ ކޮކެއިންތައް އަތުލައިގަނެފައިވަނީ ފަސް ޝިޕިން ކޮންޓެއިނަރުންނެވެ. މިމަހުގެ ކުރީކޮޅު ޕެރަގުއާއީ މަގުން އައި މި ކޮކެއިންތަކުގެ ބަރުދަނުގައި 16 ޓަނު ހުއްޓެވެ.

ޖަރުމަނުން އަތުލައިގަތް ކޮކެއިންނާއި ގުޅިގެން ހިނގުނު ތަހުގީގުން ނެދަލެންޑްސްގެ ކަސްޓަމްސް އިން އެގައުމަށް އެތެރެކުރަން އުޅެނިކޮށް ހޯދި ކޮކެއިންގެ ބަރުދަނުގައި 7.2 ޓަނު ހުއްޓެވެ.

ޖަރުމަނުގެ އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ކޮކެއިންތަކުގެ އަގު އެތައް ބިލިއަން ޔޫރޯއަށް އަރާނެއެވެ.

މި މައްސަލައިގެ ތުހުމަތުގައި އުމުރުން 28 އަހަރުގެ މީހަކު ނެދަލެންޑްސް އިން މިއަދު ހައްޔަރުކޮށްފައިވާއިރު މި މައްސަލަ އިތުރަށް އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ