ގުރައިދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް އިން ކ. ގުރައިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، މިއީ އަތޮޅުތެރޭގައާއި މުޖުތަމަޢުއަށް އެހީތެރިކަން ފޯރުކޮށްދިނުން ފުޅާކުރުމުގެ ދަށުން ގުރައިދޫގައި ހުޅުވި އޭޓިއެމްއެއްކަމަށެވެ.

މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

ބީއެމްއެލް އިން އަންނަނީ  ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކުގެ ޙިދުމަތް ފުޅާކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ