ޞިއްޙީ ވަޒީރު މާސްކު އަޅާފައި ހުރި ގޮތުން ގިނަ ބައެއްގެ ފާޑު ކިޔުން

ދިވެހިރާއްޖެގެ ހެލެތް މިނިސްޓަރ އަހުމަދު ނަސީމް މާސްކް އަޅުއްވާފައި ހުރި ގޮތުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެއްޖެއެވެ.

ޝެއިޚް ޢަލީ ޒައިދު ވަނީ ހެލްތް މިނިސްޓަރަށް ނަޞީމް އަޅާފައި ހުރި މާސްކް އިން އަނގައާއި ނޭފަތް ނިވާނުވެ ހުރި މަންޒަރު ފެންނަ ފޮޓޯއެއް ޙިއްސާކުރައްވައި ރަނގަޅަށް މާސްކް އެޅުމަށް ހެލްތް މިނިސްޓަރަށް ނަޞޭޙަތް ތެރިވެފައެވެ.

އެގޮތުން ޒައިދު ވިދާޅުވެފައި ވަނީ ރަނގަޅަސް މާސްކް އެޅުއްވުމަށް ޞިއްޙީ ވަޒީރަށް ނަޞޭޙަތްތެރިވެ އިލްތިމާސްކުރާކަމަށާއި، ރަސްމީ ބައްދަލުވުން ތަކުގައި، އެފަދަ ގޮތަކަށް މާސްކް އަޅުއްވައި ހެލްތް މިނިސްޓަރ އެ ދައްކަވަނީ ނުބައި މިސާލެއްކަމުގައިވެސް ޒައިދު ވިދާޅުވެފައިވެއެވެ.

މީގެ އިތުުރުން ޒައިދު ވަނީ ކޮވިޑްގެ މި ނުރައްކާތެރި ދަނޑިވަޅުގައި މިފަދަ ކަންކަމަށް ރައްކާތެރިވެލެއްވުމަށް އެދިލައްވާފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް 2021 ފެބުރުވަރީ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ މަޖުބޫރު ކޮށްފައެވެ. އަދި މާސްކް ނާޅާ އުޅޭ ފަރާތްތައް 1000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި އެެންގުމުގައި މާސްކް އަޅާފައި ހުންނަން ވާނެ ގޮތްވެސް ވަނީ ބުނެދެއްވާފައެވެ. އެގޮތުން އެޗްޕީއޭ އިން ވިދާޅުވެފައި ވަނީ ގެއިން ބޭރުގައި އުޅޭ އިރު އަނގައާއި ނޭފަތާއި ދަތްދޮޅި ނިވާވާ ގޮތަށް މާސްކް އެޅުމަށް އަންގާކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބިރުބޮޑު

    **ނަސީމް އެއިނީ އެޗްޕީއޭ ގައިޑު ލައިނާ އެއްގޮތްވާގޮތަށް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ