ނިއުޒިލެންޑްގެ އައުކްލޭންޑް ސިޓީ އަނެއްކާވެސް ލޮކްޑައުން ކޮށްފި

ނިއުޒިލެންޑްގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމުގައިވާ އައުކްލޭންޑް ސިޓީއިން ކޮވިޑް-19 ގެ އާ ކޭސްއެއް ފެނުމާއެކު7 ދުވަހަށް އެ ސިޓީ ލޮކްޑައުންކޮށްފިއެވެ.

ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާރޑާން މި ސިޓީ 7 ދުވަހަށް ލޮކްޑައުންކޮށްފައިވާކަން އިއުލާންކުރީ އިއްޔެއެވެ.

އަލަށް ޕޮޒިޓިވް ވި މި މީހާ، ޕޮޒިޓިވްވި ގޮތް ދެނެގަނެވިފައި ނުވާއިރު، މި މީހާގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހުކަމަށް ހެލްތް އޮފިޝަލުން ބުނެފައިވެއެވެ. އަދި ބެލެވިފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އޭނާ ވަނީ ބައްޔަށް އިންފެކްޓް ވެފައެވެ. އެ މުއްދަތުގައި އޭނާ ވަނީ މީހުން އެއްވެ އުޅޭ ވަރަށް ގިނަ ތަންތަނަށް ގޮސްފައިކަމަށް އޮފިޝަލުން ބުންނެވެ.

ގާތްގަނޑަކަށް ދެ މިލިއަނެއްހާ މީހުން ދިރުއުޅޭ އައުކްލޭންޑް ސިޓީ އަނެއްކާވެސް 7 ދުވަހަށް ލޮކްޑައުންކޮށްފައި މިވަނީ، މީގެ ދެ ހަފްތާ ކުރިން އެ ސިޓީ ތިން ދުވަހަށް ލޮކްޑައުންކޮށްފައި ވަނިކޮށެވެ. އޭރު އެ ސިޓީ ލޮކްޑައުންކުރީ، އާއިލާގެ ތިން މެންބަރުން ޔޫކޭގައި ފެތުރޭ ކޮވިޑްގެ އާ ވޭރިއަންޓަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

އެ ސިޓީން އިން ފެނުނު މި އާ ކޭސް އަކީ، މި މަހުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ފެނުނު ކޮވިޑްގެ ކްލަސްޓާއާއި ގުޅިފައިވާ ކޭސްއެއްތޯ ހެލްތް އޮތޯރިޓީން އަންނަނީ ބަލަމުންނެވެ. މި ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 12 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ.

ނިއުޒިލެންޑް އަކީ ކޮވިޑް-19 އެންމެ އަވަހަށް ކޮންޓްރޯލު ކުރި އެއް ގައުމެއެވެ. އަދި ކޮންޓްރޯލުކޮށް ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އެ ގައުމުން އަންނަނީ ކޮވިޑް-19 ގެ ހަރުކަށި އުސޫލުތައް ޤާއިމްކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ