ހޯމް ކަރަންޓީނުގައި ހުރި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހޯމް ކަރަންޓީނުގައި ތިބި އެމެރިކާގެ މިޒޮރީ ސްޓޭޓްއަށް ނިސްބަތްވާ ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މި ދަމަފިރިން ދިރިއުޅޭ ގޭގެ އެނދުމަތީ ދެމީހުން މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ދެމީހުންގެ 11 އަހަރުގެ އަންހެން ދަރިފުޅަށް ކަމަށް އެމީހުންގެ އަވައްޓެރިން ބުނެފައިވެއެވެ.

އުމުރުން 40 އަށް ދާ މި ދެމަފިރިންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ދެމަފިރިންގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، ވަރަށް ފަހަކުން ދެމީހުންގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެނިމުން ޓެސްޓު ކުރިއިރު، ދެމީހުންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ދެމީހުން މަރުވި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، މި ވަގުތަށް މިއީ ކޮވިޑް-19 ގެ މަރެއްގެ ގޮތުގައި ކަނޑައަޅާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ދެމަފިރިންގެ 11 އަހަރުގެ އަންހެން ދަރިއަކީ، ދެމީހުންގެ ހުރި ހަމައެކަނި ދަރިއެވެ.

މިޒޮރީ އިން ފަސް ލައްކައަށް ވުރެ ގިނަ ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާއިރު، އެ ސްޓޭޓުން 8000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މިހާތަނަށް މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
6641591
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ