ކަސްޓަމަރުންނަށް ކްރެޑިޓް ކާޑުގެ ބިލަށް ފައިސާ ދެއްކުމާ ގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން އެސްއެމްއެސް ފޮނުވުމަށް ނިންމާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ، ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ އޮޓޮމެޓިކުން ކެނޑުމުގެ ކުރިން މިހާރު ކަސްޓަމަރުންނަށް އެސްއެމްއެސް އެއް ލިބޭނެކަމަށެވެ. މި މެސެޖުގައި ކާޑަށް
ފައިސާ ކެނޑޭނެ ތާރީހު ހިމެނިފައިވާއިރު، ފައިސާ ކެނޑޭނީ ކަސްޓަމަރު ބޭންކާއެކު އެއްބަސްވެފައިވާ ކްރެޑިޓް ކާޑުގެ ރިޕޭމަންޓް ޕްލޭން އާ އެއްގޮތަށް ބިލުގެ %5 ނުވަތަ ބިލުގެ ޖުމްލަ އަދަދެކެވެ.
އަދި ކާޑަށް ފައިސާ ކެނޑުމާއެކު ކަސްޓަމަރަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާނެކަމަށާއި، އަދި ފައިސާ ނުކެނޑިއްޖެ ހާލަތެއްގައިވެސް ކަސްޓަމަރަށް އެކަން ބޭކަން އަންގާނެކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.
— Bank of Maldives (@bankofmaldives) February 28, 2021
މީގެއިތުރުން ކްރެޑިޓް ކާޑަށް ފައިސާ ދައްކާފައިވާނަމަ، ނުވަތަ ކްރެޑިޓް ކާޑަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ހާލަތުގައި ބޭންކުން ފޮނުވާ ބޭންކުން ފޮނުވާ އެސްއެމްއެސް އާ އެއްގޮތަށް އަމަލުކުރަން ނުޖެހޭނެކަމަށްވެސްވަނީ ބުނެފައެވެ.
ކްރެޑިޓް ކާޑަކީ 24 ގަނޑިއިރުގެ ހިދުމަތްލިބޭ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެންމެ ބޮޑު އޭޓީއެމް ނެޓްވޯކް ހިމެނޭ އެއް ހިދުމަތެވެ.
								
											


														
														
														
														
														
														
								
ހިޔާލު
އިބޫ ޞާލިޙަށް.
ބީ.އެމް.އެލް އިން ރައްޔިތުންގެ އަތުން ކުރާ ވައްކަމުގެ ފުރިހަމަ ޒިއްމާ އުފުއްލަވަން ޖެހޭނެ…. އަވަހަށް މެނޭޖުމަންޓު ބަދަލު ކުރއްވާ.