މޯދީ ކޮވިޑް-19 ވެކްސިން ޖައްސަވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ޖައްސަފައިފިއެވެ.

ކޮވިޑް ވެކްސިން ޖެއްސިވިކަން ހާމަކޮށް މޯދީ މިއަދު ވަނީ ޓްވީޓުކުރައްވާފައެވެ. މި ޓްވީޓުގައި މޯދީ ވެކްސިން ޖައްސަވާ ފޮޓޯވެސް ހިމަނާފައިވެއެވެ.

މޯދީ ވިދާޅުވީ، ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ނިއު ދިއްލިގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް އިން ޖައްސަވައިފި ކަމަށެވެ.

މީގެ އިތުރުން މޯދީ ވަނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔެއިން ކޮވިޑް-19 ނައްތާލުމަށް ޑޮކްޓަރުންނާއި ސައިންސުވެރިން ކުރާ މަސައްކަތުގެ އަގު ވަޒަން ކޮށްފައެވެ. އަދި މޯދީ ވަނީ ވެކްސިން ޖެހުމަށް އެންމެންނަށް ބާރު އަޅައިފައެވެ.

އިންޑިއާގައި 60 އަހަރުން މަތީ އުމުރުފުރައަށް އަދި 45 އަހަރާ 59 އަހަރުގެ އުމުރުފުރައަށް ވެކްސިންދޭނެ ވެށީ މާޗް އެކެއްގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ