ކުޑަ ކުއްޖަކު، މަސް ފެންގަނޑަކަށް ވެއްޓިގެން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭންފަށައިފިއެވެ.
އުނގޫފާރު ކައުންސިލުން އޮންލައިން ނޫސް "ވަގުތު" އަށް ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ. އެ ކުއްޖާ އަކީ ދޮޅު އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި އެ ހާދިސާ ހިނގައި ދިޔަ ގޮތް ކައުންސިލަށް ވެސް ސާފުވެފައި ނުވާ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ފަޒީލް އާއި ހަވާލާދީ އޮންލައިން ނޫސް "ސީއެންއެމް" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެކުއްޖާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު 12:20 ހާއިރު ކަމަށާއި، ހޮސްޕިޓަލަށް ގެނައި އިރުގައިވެސް ކުއްޖާގެ އެއްވެސް ހަރަކާތެއް ފެންނަން ނެތްކަމަށް ބުނެފައިވެއެވެ.
އަދި އެންމެ ފުރަތަމަ ކުއްޖާއަށް އެމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށްފަހު މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. އަދި އެއީ އުމުރުން 1 އަރާއި 4 މަހުގެ އަންހެން ކުއްޖެއް ކަމަށްވެސް ބުނެފައިވެއެވެ.
ހިޔާލު
ތުއްތު ކުއްޖެއް ދެއްތޮ!!! ކުޑަކުދިން ތަންކޮޅެއް އުމުރުން ދޮށިވާނެ ދޯ…