ކޮވިޑް-19 ޖެހިގެން މަރުވާ ސްރީލަންކާގެ މުސްލިމުންނާއި ނަސޯރާއިން ވަޅުލުމަށް ވަކި ރަށެއް

ކޮވިޑް-19 ޖެހިގެން މަރުވާ ސްރީލަންކާގެ މުސްލިމުންނާއި ނަސާރާއިން ވަޅުލުމަށް ވަކި ހާއްސަ ރަށެއް ސްރީލަންކާގެ ސަރުކާރުން ކަނޑައަޅައިފިއެވެ.

ސްރީލަންކާގެ ސަރުކާރުން މިގޮތަށް ކަނޑައަޅައިފައި މިވަނީ ކޮވިޑް-19 ޖެހިގެން މަރުވާ އެންމެހާ ފަރާތްތައް އަންދާލުމަށް ނިންމައިފައިވާ ނިންމުމަށް ގިނަ އަދަދެއްގެ ފަރާތްތައް ފާޑުކިޔަމުންދަނިކޮށެވެ.

ބުދުދީނުގެ އަހުލުވެރިންނާއި ހިލާފަށް މުސްލިމުންނާއި ނަސާރާއިންނަކީ މަރުވާމީހުން އަންދާލާ ބަޔެއް ނޫނެވެ. ސްރީލަންކާ ސަރުކާރުން ކޮވިޑް-19 ޖެހިގެން މަރުވާ އެންމެން އަންދާލަން މީގެކުރިން ނިންމައިފައިވަނީ އެމީހުން ވަޅުލައިފިނަމަ ބިމުގެ ފެންގަނޑަށް އަސަރުކުރާނެ ކަމަށް ބުނެއެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންނާއި ނަސާރާއިން ވަޅުލުމަށް ސްރީލަންކާގެ ސަރުކާރުން ހަމަޖައްސައިފައިވަނީ ގަލްފް އޮފް މަންނާރުގައި ވަކިން އޮންނަ އިރަނަތިވޫ ކިޔާ، ވެރިރަށް ކޮލަމްބޯއާ 300 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

މި ރަށަކީ ލަންކާ ހަނގުރާމައިގައި ވިއްސިވިހާލި 250 ތަމަޅައިން މިހާރު ދިރިއުޅޭ ރަށެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ