ގާލް ގެޑޮޓް އިނީ 3 ވަނަ ދަރިފުޅަށް ބަލިވެ!

ހޮލީވުޑްގެ މަޝްހޫރު ތަރި ގާލް ގެޑޮޓް އިނީ ތިންވަނަ ދަރިފުޅަށް ބަލިވެކަން ހާމަކޮށްފިއެވެ.

ޑީސީ ގެ "ވޮންޑަ ވޮމެން" އިން އާއްމުންގެ ތެރެއަށް ވިދާލި މި އެކްޓްރެސް ތިންވަނަ ދަރިފުޅަށް ބަލިވެއިންކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ޙަބަރު އިއުލާންކުރީ، ގާލް އާއި އޭނަގެ ފިރިމީހާ އަދި އޭނަގެ ދެ އަންހެން ދަރިންނާއެކު ނަގާފާވާ ފޯޓޯއެއް ހިއްސާ ކުރަމުންނެވެ. ގާލްގެ ދޮށީ އަންހެން ދަރިފުޅު އަލްމާ އަށް ނުވަ އަހަރު ފުރިފައިވާއިރު، ހަގު އަންހެން ދަރިފުޅު މާޔާ ގެ އުމުރަކީ 3 އަހަރެވެ.

ގާލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، "ވޮންޑަރ ވޮމެން"ގެ ދެވަނަ ބައި، "ވޮންޑަރ ވޮމެން:1984" އިންނެވެ. މި ފިލްމް ރިލީޒްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރ 16 ގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ