ގާލް ގެޑޮޓް އަންހެން ކުއްޖަކު ވިހައިފި!

"ވޮންޑަރ ވޮމެން" އިން މަޝްހޫރުކަން ހޯދި ބަތަލާ ގާލް ގެޑޮޓްގެ ތިންވަނަ ދަރިފުޅު ވިހައިފިއެވެ.

ގާލް ގެޑޮޓް އާއި އޭނަގެ ފިރިމީހާ ޔެރޮން ވާރސެނޯ އަށް މިފަހަރުވެސް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. މި ދެމަފިރިންގެ ކައިވެންޏަށް މީގެ ކުރިންވެސް ލިބިފައިވަނީ ދެ އަންހެން ކުދިންނެވެ.

ގާލް ގެޑޮޓް މިދިޔަ އަންގާރަ ދުވަހު ވިހައިފިކަން އިއުލާންކުރީ އޭނަގެ މީސްމީޑިއާގައި ހިއްސާކުރި ފޮޓޯއަކުންނެވެ. އެގޮތުން އިންސްޓަގްރަމްގައި ގާލްގެޑޮޓް އާއި ދެ ދަރިންނާއި، ފިރިމީހާ އަދި އަލަށް ވިހެއި ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރިއިރު، ދަރިފުޅުގެ ނަންވެސް ވަނީ ހާމަކޮށްފައެވެ.

ގާލް ގެޑޮޓް ގެ ތިން ވަނަ ދަރިފުޅަށް ކިޔާފައިވަނީ، ޑެނިއެލާ ކަން އޭނާ ވަނީ ހާމަކޮށްފައެވެ. އަދި ދަރިފުޅު ލިބުން ހުރީ ވަރަށް އުފަލުންކަން ގާލް ބުނެފައިވެއެވެ.

ގާލްގެ ފިރިމީހާވެސް ވަނީ ހަމަ މި ފޮޓޯ އިންސްޓްގްރަމްގައި ހިއްސާކޮށް، މިހާރު އޭނަގެ އާއިލާއަކީ ފަސް މީހުންގެ އާއިލާއެއް ކަމަށް ބުނެ އުފާވެރި ޝުއޫރުތައް ފާޅުކޮށްފައެވެ.

ގާލް ގެޑޮޓް އާއި އޭނަގެ ފިރިމީހާ ޔެރޮން ވާރސެނޯ ގެ ކައިވެންޏަށް ކުރިން ލިބިފައިވާ ދެ އަންހެން ކުދިންނަކީ، ނުވަ އަހަރުގެ އަލްމާ އާއި 4 އަހަރުގެ މާޔާއެވެ.

ގާލް ވިހެއުމާއެކު، ރައްޓެހިންނާއި އާއިލާ މީހުން އަދި ފިލްމް އިންޑްސްޓްރީގެ ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ގާލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، "ވޮންޑަރ ވޮމެން"ގެ ދެވަނަ ބައި، "ވޮންޑަރ ވޮމެން:1984" އިންނެވެ. މި ފިލްމް ރިލީޒްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރ 16 ގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ