"ގާލް ގެޑޮޓް" އަށް 36 އަހަރު ފުރިއްޖެ!

"ވޮންޑަރ ވޮމެން" އިން މަޝްހޫރުކަން ހޯދި ބަތަލާ ގާލް ގެޑޮޓް އަށް 36 އަހަރު ފުރިއްޖެއެވެ. މި އުފާވެރި ދުވަސް ގާލް ފާހަގަ މި ކުރަނީ، ތިން ވަނަ ދަރިއަކަށް ބަލިވެ އިން އުފާވެރި ދުވަސްވަރުވެސް މެއެވެ.

ހޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އޭ ލިސްޓުގެ އެކްޓަރުންގެ ތެރޭގައި ގާލް ހިމެނޭއިރު، އޭނާ ފިލްމެއް ކުޅެދެނީ ގާތްގަނޑަކަށް 20 މިލިއަން ޑޮލަރަށެވެ.

ގާލް ގެޑޮޓްގެ ފިލްމީ ކެރިއާ އެހާ ކާމިޔާބުއިރު، ގާލްގެ ދިރިއުޅުންވެސް ވަރަށް އުފާވެރިއެވެ. ގާލް އާއި އޭނަގެ ފިރިމީހާ ހާ ޔެރޮން ވާރސެނޯ ގެ ކައިވެންޏެއް މިހާރުވެސް ދެ އަންހެން ކުދިން  ލިބިފައިވާއިރު، މިހާރު ބަލިވެ އިނީވެސް އަންހެން ކުއްޖަކަށް ކަމަށް ގާލް ވަނީ އިއުލާންކޮށްފައެވެ.

ގާލް ގެ ކެރިއާ ފެށީ މޮޑެލިންގެ ދާއިރާއިންނެވެ. އިސްރާއިލް އަށް އުފަން ގާލް ވަނީ 2004 ވަނަ އަހަރު "މިސް އިސްރާއިލް"ގެ މަޤާމުވެސް ހޯދައިފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ