ހއ. ދިއްދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެެއެވެ.
މި ދެމީހުން ޕޮޒިޓިވްވިކަން އެނގިފައިވަނީ މިއަދުއެވެ. އަދި މިއީ އެއް ގެެއެއްގައި ކަރަންޓީންވެގެން ތިބި ދެ މީހުންކަމަށްވެސް އެރަށުން މަޢުލޫމާތު ލިބިފައިވެއެވެ.
އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް، ފެށުމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ދެމީހުން ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުންކަމަށެވެ.
އަދި އެ މީހުންގެވެސް ހާލު ރަނގަޅުކަމަށާއި، އެމީހުން ރަށުގެ އިތުރު ބަޔަކާއި ކޮންޓެކްޓު ވެފައިވާކަން ފާހަގަވެފައިނުވާ ކަމަށްވެސް ހާޝިމް ވިދާޅުވިއެވެ.
ދިއްދޫއިން މީގެކުރިންވެސް ކޮވިޑް ކޭސްތައްވަނީ ފެނިފައެވެ.
އަދި ހޯމް ކަރަންޓީނުގައި ތިއްބަވާ ފަރާތްތަކާ ބައްދަލުކުރުމަށް އެތަންތަނަށް އެއްވެސް ބޭފުޅަކު ނުދިއުމަށާއި ކަރަންޓީނުގައި ތިއްބަވާ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށްދިނުމުގައި އެހީތެރިވެލައްވާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް އެރަށު ކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ.
								
											

