ހއ. ބާރަށް

ބާރަށުން އިތުރު 9 މީހަކު ޕޮޒިޓިވްވެ، އަދަދު 22 އަށް

ހއ. ބާރަށުން ކޮވިޑް-19 އަށް އިތުުރު 9 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެއާއެކު އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 22 އަށް އަރާފައެވެ.

ބާރަށުން މީހަ ގިނަބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައި މި ވަނީ އެރަށުގައި ހޯމް ކަރަންޓީންގައި ހުރި 9 މީހަކު އެއްފަހަރާ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. މި މީހުން ކޮވިޑަށް ޕޮޒިޓިވް ވިއިރު، އެމީހުންނާއި އެރަށުގެ ބައެއް މީހުންނާ ކޮންޓެކްޓް ވެފައިވާކަމަށް މި ނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އެހެން ކަމުން އެމީހުންނާއި ކޮންޓެކްޓްވި ފަރާތްތަކުގެ ސާމްޕަލް ނަގައި ވަނީ ޓެސްޓްކޮށްފައެވެ. އެގޮތުން މާރިޗު 2 ވަނަ ދުވަހު ވަނީ 6 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓްކޮށްފައެވެ. އަދި އޭގެ ތެރެއިން 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

އެހެން ކަމުން އެރަށުން ވަނީ ރެންޑަމް ސާމްޕަލް ނަގާފައެވެ. 158 ސާމްޕަލެއް ރެންޑަމްކޮށް ބާރަށުން ނަގާފައިވާއިރު، 9 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ބާރަށު ހެލްތް ސެންޓަރު ހިންގުމައި ހަވާލުވެހުރި އިބްރާޙިމް ޢަލީ މި ނޫހަސް ވިދާޅުވީ ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންކަމަށާއި، މިހާތަނަށް ޓެސްޓް ކުރުމަށް ފޮނުވާފައިވާ ސާމްޕަލްތަކުގެ ތެރެއިން އަދި 3 ސާމްޕަލެއްގެ ނަތީޖާ ލިބިފައި ނުވާކަމަށެވެ.

ބާރަށުގައި ކޮވިޑް ފެތުރެން ފެށާފައިވާއިރު، އެރަށު ކައުންސިލުން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ބައެއް ފިޔަވަޅުތައްވެސް އަޅާފައެވެ.

މިހާތަނަށް އެރަށުން ފޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެ ތިބީ އެތަށުގައެވެ. ދެ މީހަކު ވަނީ ފުނަދޫ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ