ސިޔާސީ ދާއިރާއަށް ވެއްނެވީ ވެރިކަމަށް އައުމަށް: ޖާބިރު

ސިޔާސީ ދާއިރާއަށް ވެއްނެވީ ރާއްޖޭގެ ވެރިކަމަށް އައުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖަޒީރާ ނިއުސްގެ ވަންޓުވަން ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، ސިޔާސީ ދާއިރާއަށް ވެއްނެވީ ރާއްޖެއަށް ޑިމަކްރަސީ ގެނައުމަށާއި އަދި ވެރިކަންވެސް ބޭނުންވާތީ ކަމަށެވެ.

ސިޔާސީ ދާއިރާއަށް ވެއްނެވީ ކޮން ސަބަބަކާ ހުރެތޯ ކުރެވުނު ސުވާލަށް ޖަވާބުދެމުން ޖާބިރު ވިދާޅުވީ "މައިގަނޑު ގޮތެއްގައި ރާއްޖެއަަށް ޑިމަކްރަސީ ގެނައުމާ ދެން އިނގިވަޑައިގައްނަވާނެ ސިޔާސީ ކަމަށް ވައްނާނީ ވެރިކަންވެސް ބޭނުންވާތީކަން، އަޅުގަނޑަކީ ހަމަ ރާއްޖޭގެ ވެރިކަމަށް އައްނަން ވެގެން ސިޔާސީ ދާއިރާއަށް ވަނީ، ހަމަ އެންމެ މަތީ ގޮނޑިއަށް" ކަމަށެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، އެބޭފުޅާ ހިތްހަމަޖެހޭ ގޮތަށް ރާއްޖޭގައި ވެރިކަންކުރާ ބަޔަކު އަދި ނުފެއްނަ ކަމަށާއި ޑިމަކްރަސީވެސް އަދި ރާއްޖޭގައި ކަށަވަރުވެގެން ނުދާކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަންވެސް ޖާބިރުވަނީ ހާމަކުރައްވައިފައެވެ.

ޖާބިރު އެންމެ ފުރަތަމަ ސިޔާސީ ދާއިރާއަށް ވެއްނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ހުވަދު އަތޮޅުގެ މެންބަރުގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ