ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު--

ޖާބިރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރަން އަމުރެއް ނެރެފި

ރައްޔިތުން މަޖިލިސްގެ ކާށީދޫ ދާއިރާގެ މެމްބަރު އަަބްދުﷲ ޖާބިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ޖާބިރު ހައްޔަރުކުރަން ސިވިލް ކޯޓުން އަމުރުނެރެފައި ވަނީ ޑީއާރުޕީން އެމްޓީސީސީ އަށް ދައްކަންޖެހޭ ފައިސާގެ މައްސަލަތަކެއްގައެވެ. މި މަހުގެ 1ވަނަ ދުވަހު މި އަމުރު ނެރެފައި ވަނީ މި ފައިސާތަކުގެ މައްސަލައިގައި ސިވިލް ކޯޓުގައި ކުރިއަށްދާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ އަޑުއެހުމަށް އޭނާ ހާޒިރުނުވުމުންނެވެ.

ޖާބިރު މިއަދު ދިވެހި މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ކޯޓަށް ހާޒިރުކުރަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ޑީއާރުޕީގެ ރައީސް ކަމުގައި ހުންނެވިއިރު،  އެމްޓީސީސީ އުޅަނދުތަކެއްގައި ޑީއާރްޕީގެ ދަތުރުތަކެއް ކުރައްވައި ފައިސާ ނުދައްކަވާތީ ކަމަށެވެ. ނަމަވެސް މައުމޫން ޑީއާރުޕީގެ ރައީސް ކަމުގައި ހުންނެވިއިރު ހިނގި ކަމަކާއި ގުޅިގެން، މިއަދު އޭނާ ޑީއާރުޕީކަމުގެ ލީޑަރުކަމުގައި ހުރުމުން އެކަމުގެ ޒިމާން ނަގަން ނުޖެހޭ ކަމަށް ޖާބިރު ވަނީ ބުނެފަ އެވެ.

ޖާބިރު މައުލުމާތު ދިންގޮތުގައި، ޑީއާރުޕީން އެމްޓީސީސީން ހޯދި ޚިދުމަތްތަކަށް 1.3 މިލިއަން ރުފިޔާ ދެއްކުމަށް އެމްޓީސީސީން ވަނީ ދައުވާ ކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ