އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން

މުޒާހަރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި އިއްޔެ ކުރިޔަށް ގެންދިޔަ މުޒާހަރާތެރެއިން ހައްޔަރު ކުރި އެންމެން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އެމީހުން ޖޫރިމަނަ ކޮށްފައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި ޚިލާފުވުމުންނެވެ.

އެގޮތުން އެޗްޕީއޭ އިން ވަނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރައްދުގައި މަގުމައްޗާއި އާންމު ތަންތަނަށް އެއްފަހަރާ ފަސްމީހުންނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިއްޔެ މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާގައި 39 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މުޒާހަރާތެރެއިން ފުލުހުންގެ ބެލުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންވެސް ވަނީ ހިމެނިފައެވެ.

އިއްޔެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުން ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ނަގަން އެދުމުން ސާމްޕަލް ދިނުމަށް އެފަރާތްތަކުން ވަނީ ދެކޮޅު ހައްދަވާފައެވެ.

އެކޯލިޝަނުން އިއްޔެ މާލޭގައި މުޒާހަރާ ކޮށްފައިވާއިރު ފުލުހުން ވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ހުރަފާގޭގައި ޕީޕީއެމް އޮފީސް ހުންނައިރު، އެ ސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ