މުޒާހަރައިން ހައްޔަރު ކުރި އެންމެ ޖޫރިމަނާކޮށް ދޫކޮށްލައިފި

ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދޫކޮށްލުމަށް ގޮވާލާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ މަލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާގައި ހައްޔަރު ކުރި އެންމެ ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އެކޯލިޝަނުން ރޭ މަލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 9 މީހަކު ހައްޔަރު ކޮށްފައެވެ. އެއެންމެންވެސް 1،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާއިރު، އެމީހުން ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.

ރޭގެ މުޒާހަރާގައި ރައީސް ޔާމިން ގެއަށް ބަދަލުކޯށްދީފައި ނުވާތީ އެކަމުގެ ކަންބޮޑުވުންވެސް ވަނީ ފަޅުކޮށްފައެވެ.

ރައީސް ޔާމިން ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން އަންނަތާ 500 އށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅު ފަރާތްތަކުންނާއި އެމަނިކުފާނުގެ އާއިލާއިން އަންނަނީ ވަރަށް މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް މިހާތަނަށް އެއިން އެއްވެސް މަަސައްކަތެއް ކާމިޔާބުވެފައި ނުވާއިރު، ރައީސް ޔާމިން ގެއަށް ބަދަލު ކޮށްފާނެކަމުގެ އިޝާރާތެއް މީގެ ކުރިން ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވެފައި ވަނީ ރައީސް ޔާމިން ގެއށް ބަދަލު ކުރުމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން އަންނަ ކަމަށާއި ރައީސް ޔާމިނަށް ދެރަގޮތެއް ނުވާނެކަމަށެވެ.

ނަމަވެސް ރައީސް ޔާމިން ގެއަށް ބަދަލު ނުކޮށް ލަސްވަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން އާއިލާއާއި އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ ފާޅު ކުރައްވަމުންނެވެ.

ކަރެކްޝަންސް އިން ހާމަ ކުރައްވާފައިވާ ގޮތުގައި ރައީސް ޔާމިން ގެއަށް ބަދަލު ކުރުމުގެ މަޝްވަރާތައް އަދި ނިމިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ