ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވީ މީހުންގެ އަދަދު 100 އަށްވުރެ ދައްވެއްޖެއެވެ.
ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 98 މީހުން ކަމަށެވެ.
އަލަށް މިއަދު ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 78 މީހުން، އަތޮޅުތެރޭ ރައްތަކުން ހަމީހުން، އަދި ރިސޯޓުތަކުން 14 މީހުންނެވެ.
✳️ COVID-19 : Case Updates
As of 06.03.2021, 06:00 PM
Malé area: 78
Inhabited islands: 6
Operational Resorts: 14
Non-operational Resorts: 0
Live aboard: 0
Islands under development: 0
Industrial islands: 0Total number of cases: 98 pic.twitter.com/hLkmxTjNBH
— Health Protection Agency (@HPA_MV) March 6, 2021
މިހާތަނަށް މުޅި ޖުމްލަ ކޮވިޑް-19 އަށް20،663 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ17،979 މީހުންނެވެ.
މިވަގުތު ކޮވިޑް-19 އަށް 2،613 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 161 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.



