ބޭސްފަރުވާއަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަވަށްޓެރި އިންޑިއާއަށް ފުރާވަޑައިގަންނަވަނީ އަންނަ ހުކުރު ދުވަހު ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިހް އިމްރާން އަބްދުﷲ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. މި ކޮމެޓީގައި އިމުރާން އިތުރަށް ވިދާޅުވީ، އަދީބު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
ހޯމް މިނިސްޓަރުގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވަނީ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ހާޒިރުކޮށްފަ އެވެ.
މި ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އިންޑިއާއަށް ވަޑައިގެން އަހުމަދު އަދީބަށް ފިއްލަވައިވަޑައި ނުގެންނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ. އަދި އަދީބާއެކު އިންޑިއާއަށް ފުލުހުންގެ ތިންބޭފުޅުން ވަޑައި ގަންނަވާނެ ކަމަށެވެ.
ކޮމެޓީގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކަރެކްޝަންސް އިން ބުނީ، އަދީބުގެ ޕާސްޕޯޓް ދޫނުކުރާ ކަމަށާއި އަދީބް އިންޑިއާއަށް ވަޑައިގަންނަވަނީ އެއްއަހަރު ދުވަހުގެ ވަގުތީ ޓުރެވަލް ޑޮކިއުމެންޓެއްގައި ކަމަށެވެ.
އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަންނަވަނީ އާއިލާ ބޭފުޅުންނާވެސް އެކުއެވެ.