މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް އިން އެހީތެރިވަނީ

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ގެ އެހީތެރިކަމާއެކު ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެމްއެންޑިއެފް އިން ވިދާޅުވީ ޅ. އަތޮޅު މުލީ ބޮއެ ކައިރީގައި މަސްވެރިކަން ކުރަމުން ދިޔަ "ރުއްކުރި" ދޯނީގެ 35 އަހަރުގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއްހެރިގެން ސިއްހީ އަވަސް ފަރުވާއައް ނައިފަރަށް ގެންގޮސްފައިވާކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހެނދުނު 7:30 ހަައިރުކަމަށާއި މަސްވެރިޔާ ނައިފަރަށް ގެންދެވުނީ 9:14 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ވަނީ ރާއްޖޭގައި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާފައެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ