މިއަހަރު ނިމެންވާއިރަށް ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މަރާގުޅޭ ފުރިހަމަ ރިޕޯޓެއް ނެރެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާއިއެކު ބާއްވާ ބައްދަލުވުމުގެތެރެއިންނެވެ.
މިބައްދަލުވުމުގައި ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެމުން ރައީސް ސޯލިހް ވިދާޅުވީ، ރިލްވާނުގެ އާއިލާއަށް ކޮމިޝަނުގެ ފަރާތުން އަޕްޑޭޓް އަރުވަމުން ގެންދާނެ ކަމަށާއި މިހާރު ބޭރުގެ ތަޖުރިބާކާރަކާއެކީގާ އިތުރު ތަހުގީގުތަތަކާއި ތަހުލީލުތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑަށް އެކްސްޕާޓްގެ މަސައްކަތާއިއެކީގަ އެބޭފުޅުން ވިދާޅުވެފަ އޮތީ މިއަހަރު ފެށުމުގެ ކުރީގަ 1 އަހަރު ދުވަހުގެ މުއްދަތެއް ދޭށޭ މުޅި މައްސަލަ ނިމުމަަކަށް އިރާދަކުރެއްވިއްޔާ ގެނެސްދޭނަމޭ. އެހެންވީމަ އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ އެ އެކްސްޕާޓުންގެ ލަފަޔާއިއެކީ މިއަަހަރު ނިމުމުގެ ކުރިން ރިލްވާންގެ މަރާއި ގުޅޭ ފުރިހަމަ ރިޕޯޓެއް އަޅުގަނޑުމެންނާއި ހަމަޔަށް ގެނެސް ދެއްްވާނެ ކަމަށް" ރައީސް ސޯލިހް ވިދާޅުވިއެވެ.
މި މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާއި، އުނދަގޫ މަސައްކަތެއް ކަމަށާއި ދުވަސްތަކެއްް ވެފަވާ މައްސަލައެއް ކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ރިލްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ.




