ހއ. ބާރަށް - ފޮޓޯ: ބިގީސް ގްރަފީ

ބާރަށުން އިތުރު ފަސް މީހުން ޕޮޒިޓިވްވެ، އަދަދު 31 އަށް

ހއ. ބާރަށުން އިތުރު ފަސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން މިބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

ބާރަށު ހެލްތު ސެންޓަރުން މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު އެރަށުން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިއި ފަސްކޭސްއާއެކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 31 އަށް އަރާފައިވާކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަންހެންނުނާއި އަދި ފިރެހެނުންވެސް ހިމެނޭއިރު، މިއެންމެންގެވެސް ހާލު ރަނގަޅުކަމަށް އެ ރަށު ހެލްތު ސެންޓަރުން މަޢުލޫމާތުދެއެވެ.

އިއްޔެވެސް ބާރަށުން އެކަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ކުރިން ދުވަހު ވަނީ ތިން މީހަކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ބާރަށުގައި ކަރަންޓީނުގައި ހުރި ނުވަ މީހަކު ރިލީސް ސާމްޕަލް އިން ކޮވިޑް-19 އަށް ޕޮޒިޓިވުވެ ރަށުގެ ބަޔެއް މީހުން އެ ނުވަ މީހުންނާއި ކޮންޓެކްޓުވެފައިވާއިރު، ބައެއް ޑައިރެކްޓް ކޮންޓެކްޓުންވެސްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ޕޮޒިޓިވްވަމުންދަނީ ޕޮޒިޓިވްވި ޑައިރެކްޓް ކޮންޓެކްޓުންގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ.

ބާރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވާ 9 މީހުންނަކީ އެއް ގެއެއްގައި ކަރަންޓީންގައި ހުރި މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ