ފުވައްމުލަކު ސިޓީގައިވާ މޮނިޓަރިންގެ ހާލަތު މިއަދު އުވާލައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރު ޙަމަދު ޢަބްދުﷲ މި ނޫހަށް ވިދާޅުވީ މޮނިޓަރިންގެ ހާލަތު އުވާލީ މިއަދު މެންދުރެއްހާއިރު ކަމަށެވެ.
ފުވައްމުލަށް މޮނިޓަރިންއަށް ލާފައި ވަނީ ފެބުރުވަރީ 09 ވަނަ ދުވައެވެ. އެއީ އެ ސިޓީން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ ހަވީރު 18:00 އާއި ހަމައަށް އެ ސިޓީން ވަނީ 54 މީހަކު ކޮވިޑް-19 އަށް ޕޮޒިޓޮވް ވެފައެވެ. އޭގެ ތެރެއިން މިހާތަނަށް 44 މީހަކު ރަނގަޅު ވެފައިވާއިރު، މި ބައްޔަށް ޕޮޒިޓިވް 10 މީހަކު މިހާރުވެސް އެ ސީޓީގައި އެބަތިއްބެވެ.
އިއްޔެ 94 ސާމްޕަލެއް ނަގާފައިވާއިރު، އެ ސިޓީން ޖުމްލަ 7013 ސާމްޕަލެއް ވަނީ ނަގަފައެވެ. އޭގެ ތެރެއިން 3 މީހަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެސް ވެފައެވެ.
ޙަމަދު ވިދާޅުވީ މޮނިޓަރިން އުވާލި ކަމުގައިވީނަމަވެސް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުޞޫލުތަކައި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެކަމަށެވެ. އެގޮތުން ގެއިން ބޭރަށް ނިކުންނަ އިތު މާސްކް އެޅުމާއި ފަސް މީހުއްނަށްވުރެ ގިނައިން އެއްނުވުންވެސް ހިމެނެއެވެ.
ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގައިވެސް ވަނީ ކޮވިޑް-19 ފެތުރިފައެވެ. މީގެ އިތުރުން ހއ. ބާރަށުގައިވެސް އަންނަނީ ކޮވިޑް-19 ފެތުރެމުންނެވެ.