ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މެމްބަރު އާޒިމް އާއި ހަވާލާދީ އޮންލައިން ނޫސް "ސަން" ގައި ރިޕޯޓް ކޮއްފައިވާ ގޮތުގައި މެމްބަރު އާޒިމް ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ ރޭ ވަގުތެއްގައެވެ.
ކޮވިޑަށް ޕޮޒިޓިވް ވެ ވަރަށް ބޮޑަށް ހުން އަންނަ ކަމަށްވެސް އާޒިމް ވަނީ "ސަން" އަށް ވިދާޅުވެފައެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ރޭ ވިދާޅުވީ، އިއްޔެ ކޮވިޑް-19 އަށް މުޅި ޖުމްލަ 3،644 ސާމްޕަލް ޓެސްޓު ކޮށްފައިވާއިރު މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 125 ސާމްޕަލް ކަމަށެވެ.
އަލަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ އޭރިއާއިން 103 މީހުން، އަތޮޅުތެރޭ ރައްތަކުން ނުވަ މީހުން، އަދި ރިސޯޓުތަކުން 13 މީހުން ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.





2 Responses
Maruvun edhenee
ވެކްސިން ނުޖަހަނީތެ