މޯލްޑިވްސް އިންޑްލެންޑް ރެވެނިއު އޮތޯރިޓީ (މިރާ) އިން "އިންކަމް ޓެކްސް އެވެއަރނަސް ޕްރޮގްރާމް" ކުރިން ގެންދިއުމަށް ނިންމައިފިއެވެ.
މީރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، އާމްދަނީން ނަގާ ޓެކުހަށް އަހުލުވެރިކުރުވުމުގެ ގޮތުން "އިންކަމް ޓެކްސް އެވެއަރނަސް ޕްރޮގްރާމް" ގެ ނަމުގައި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް 2021 ވަނަ އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ވިޔަފާރިތަކާއި، ސްކޫލްތަކަށާއި އާމްދަނީލިބޭ އެންމެހައި ފަރާތްތަކަށްކަމަށާއިރު، މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މާރިޗު މަހުން ފެށިގެން މޭ މަހުގެ ނިޔަލަށްކަމަށްވެސް މީރާއިން ބުންޏެވެ.
ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އެޅިފައިވާތީވެ، މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެހެންނަ މަވެސް، ކޮވިޑް-19 ގެ ޙާލަތަށް ބަލައި، މީހާގެ ބްރާންޗްތަކާއި ކަލެކްޝަން ސެންޓަރުތައް މެދުވެރިކޮށް ބައެއް ރަށްރަށަށް ޒިޔާރަތްކޮށްގެން ވެސް މި ޕްރޮގްރާމް ކުރިޔަށްގެންދެވޭނެކަމަށްވެސް އިޢުލާނުގައިވެއެވެ.
އެހެންކަމުން އިންކަމް ޓެކްސް އެވެއަރނަސް ސެޝަންތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، މީރާގެ 9821415 ނަންބަރަށް ވައިބަރ މެދުވެރިކޮށް ނުވަތަ މީރާގެ އީމެއިލް mira.gov.mv@1415 އަށް އީމެއިލް ކޮށްގެން ނުވަތަ މީރާގެ ހޮޓްލައިން 1415 އަށް ގުޅާ ވިހާވެސް އަވަހަކަށް ނަން ނޯޓުކުރުމަށްވެސް މީރާގެ މިއިޢުލާނުގައި އެދިފައިވެއެެވެ.




