ކޮވިޑް-19 އަށް ޕޮޒިޓިވުވީ މީހުންގެ އަދަދު 21،000 މައްޗަށް އަރައިފިއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސްހިސާބު ހާމަކުރަމުން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭ ކޮވިޑް-19 އަށް ރާއްޖެއިން 115 މީހުން ޕޮޒިޓިވުވެ ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަދަދު 21،034 އަރައިފައިވާ ކަމަށެވެ.
އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 98 މީހުން، އަތޮޅުތެރޭ ރައްތަކުން ފަސްމީހުން، އަދި ރިސޯޓުތަކުން 12 މީހުންނެވެ.
✳️ COVID-19 : Case Updates
As of 09.03.2021, 06:00 PM
Malé area: 98
Inhabited islands: 5
Operational Resorts: 12
Non-operational Resorts: 0
Live aboard: 0
Islands under development: 0
Industrial islands: 0Total number of cases: 115 pic.twitter.com/oLltXD8duq
— Health Protection Agency (@HPA_MV) March 9, 2021
މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު 21،000 މައްޗަށް އަރައިފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 18،428 އެވެ.
މިވަގުތު ކޮވިޑް-19 އަށް 2،535 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 165 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.



