ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް | ފޮޓޯ: ސަން

މިނިސްޓަރު މަހްލޫފުގެ ނަމުގައިވެސް ފޭކް ލައިވްއެއް!

ފައިސާ ދޭނެކަމަށްބުނެ، ޔޫތު މިނިސްޓްރު އަޙްމަދު މަހްލޫފްގެ ނަމުގައިވެސް ފޭކް ލައިވްއެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

ފޭސްބުކް މެދުވެރިކޮށް މިނިސްޓަރުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަނީ، އޭނާ ރެކޯޑްކޮށްފައިވާ ލަވައެއް "ލައިވް" ގެ ގޮތުގައި ގެނެސްދީގެންނެވެ. "ލަވް" ސިންގިންގ ވިތު އެލީގެ ނަމުގައި ކޮށްފައިވާ މިލަައިވްއަށް "ލަވް" ޖެހުމަށްފަހު އެންމެ ފުރަތަމަ ކޮމެންޓްކުރާ 500 ފަރާތަކަށް 10،000 ގެ ފައިސާގެ އިނާމު ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

މި ލައިވް ސެޝަން ފޭސްބުކްގައި މިހާރުވެސް ކުރިއަށްދާއިރު، މިލައިވް އެހެން ރަޙުމަތްތެރިންނާއި ޝެއާރކުރާ ފަރާތްތަކަށްވެސް ފައިސާގެ އިނާމު ލިބޭނެކަމަށްވަނީ ބުނެފައެވެ.

އަދި ބައެއް ފަރާތްތަކުން މިހާރުވެސް މިލައިވްއަށްދަނީ ކޮމެންޓް ކުރަމުންނެވެ.

މީގެކުރިންވެސް މިކަހަލަ ފޭކް ލައިވްތައް ހަދައިގެން ފޭސްބުކް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މަޝްހޫރު ލަވަކިޔުންތެރިން ކަމަށްްވާ މީރާ މުހައްމަދު މާޖިދުގެ ނަމުގައި މިކަހަލަ ސްކެމްއެއް ކުރިއަށް ގެންގޮސްފައިވާއިރު، ލަވަކިޔުންތެރިޔާ ޝަލަބީގެ ނަމުގައިވެސް ބަޔަކު އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ