އޮކްސްފޯޑް-އެސްޓްރަޒެނަކާ ވެކްސިން ޑެންމާކުގައި ދިނުން ވަގުތީގޮތުން މެދުކަނޑާލައިފި

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑެންމާކުގައި އޮކްސްފޯޑް-އެސްޓްރަޒެނަކާ ކޮވިޑް ވެކްސިން ދިނުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ޑެންމާކުން އޮކްސްފޯޑް-އެސްޓްރަޒެނަކާ ކޮވިޑް ވެކްސިން ދިނުން ވަގުތީގޮތުން ހުއްޓާލައިފައި މިވަނީ ވެކްސިނަށްފަހު ލޭގަނޑުވުމުގެ މައްސަލަތަކަކާއި އަދި އެކަކު މަރުވުމާއި ގުޅިގެންނެވެ.

ޑެންމާކުގެ ސިއްހަތާބެހޭ އިދާރާއިން ބުނެފައިވަނީ ސިއްހީ މައްސަލަތައް ކުރިމަތިވެފައިވަނީ ވެކްސިނާއި ގުޅިގެންކަމަށް ބުނަން އަދި މާއަވަސް ކަމަށެވެ. ވިލާތުގެ އިއްތިހާދުގެ މެޑިސިންސް އެޖެންސީއިން ބުނެފައިވަނީ ވެކްސިނާއި ގުޅިގެން ލޭގަނޑުވާކަމަށް އަދި ބުނެވެން ނެއްކަމަށެވެ.

މިމައްސަލައިގައި އެސްޓްރަޒެނަކާ ކުންފުނިން ބުނެފައިވަނީ، ވެކްސިންގެ ކުލިނިކަލް ޓްރެއިލްގައި ވެކްސިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކޮށްފައިވާނޭ ކަމަށާއި އެސްޓްރަޒެނަކާ ކުންފުނިން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބަލިމީހާގެ ސިއްހީ ރައްކާތެރިކަމަށް ކަމަށެވެ.

ޑެންމާކުންި އޮކްސްފޯޑް-އެސްޓްރަޒެނަކާ ކޮވިޑް ވެކްސިން ދިނުން ވަގުތީގޮތުން ހުއްޓާލައިފައި މިވަނީ، އޮސްޓްރިއާއިންވެސް މިފަދަ ނިންމުމެއް ނިންމައިފައި ވަނިކޮށެވެ. އޮސްޓްރިއާއިން މި ވެކްސިންގެ ވަކި ބެޗެއް ބޭނުން ކުރުން ހުއްޓާލައިފައިވަނީ ވެކްސިން ދިން މީހަކު ވެކްސިން ދިންތާ 10 ދުވަސްފަހުން މަރުވުމާއި ގުޅިގެންނެވެ.

ޑެންމާކުން އެގައުމުގައި ވެކްސިން ދިނުން ހުއްޓާލައިފައިވަނީ 14 ދުވަހުގެ މުއްދަތަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ